ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޕާއެއްގައި ހަށިވިއްކަން އުޅުނު ފަސް މީހަކު އަތުލައިގެންފި

ސްޕާއެއްގައި ހަށިވިއްކަން އުޅުނު ފަސް މީހަކު އަތުލައިގެންފި

މާލޭ ހިންގަމުންދިޔަ ސްޕާއެއް ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާ ބަލައި ފާސްކުރީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ ހަތަރު އަންހެނުންނެވެ. އެއީ:

- ގއ. ކަނޑުހުޅުދޫ، މުހައްމަދު އިމްރާން، 42 އަހަރު

- ސަލިނީ ޔަމްޑީ، 30 އަހަރު

- ޗަޔަނިޓް ޕިލާ، 30 އަހަރު

- ވިލައިޕޯން ކޮޓްވޮންގް، 24 އަހަރު

- ތިޕްސުދާ ސަންގްހަމް، 33 އަހަރު

އެ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައިވާ ކަމަށް ޕޮލިހުން ބުންޏެވެ.