އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ދިޔަ ކާރަކުން ފޭބި ދެ މީހަކު ހޯދަނީ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކަށްފަހު، އެތަނުން ފިލި ކަމަށް ބުނާ ކާރެއްގައި ތިބި ދެމީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެއީ ކޮންބައެއްކަން އަދިވެސް ދެނެގަނެވިފައި ނުވާތީ، އެމީހުންނާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް 1 ކައިރީގައިވާ ރައުންޑްއެބައުޓްގައެވެ. އެތަނުގައި ކާރަކާއި ޕިކަޕެއް ޖެހި، އެކްސިޑެންޓުވި ކާރު މަޑުނުކޮށް ދުއްވާފައި ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސިޑެންޓަށްފަހު އެ ކާރު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ගޮސް މަޑުކޮށްފައެވެ. އޭގެފަހުން ކާރުގައި ތިބި ދެމީހުން ފައިބައި، ކަޅުކުލައިގެ ސްޕޯޓްސް ކާރަށް ލިބިފައިވާ ގެއްލުންތައް ބަލާތަން ފެނެއެވެ. އެގޮތުން، ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ބަނޑިވެފައިވާކަން ފާހަގަކުރެވެއެވެ.
Ads by BMLވީޑިއޯއިން ފެންނަ ދެ މީހުންގެ ތެރެއިން އެކަކު ލައިގެން ހުރީ ރަތްކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެކެވެ. އަނެއް މީހާ ލައިގެން ހުރީ މަޑު މުށިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ކުރު ފަޓުލޫނެކެވެ.
މީގެ އިތުރުން، އެޗްޑީސީގެ ޓީޝާޓެއް ލައިގެން ހުރި މީހަކު އެމީހުންނާ ވާހަކަ ދައްކަން ދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
Ads by MACL
