މިނިވަން ދުވަހުގެ ރޭ ހަތަކުން 11:30 އަށް ޓެކްސީއާ ޕްރައިވެޓް ކާރުތަކަށް އެއާޕޯޓަށް ނުވަދެވޭނެ
މިނިވަން ދުވަހުގެ ރޭ 7:00 އިން 11:30 އާ ދެމެދު ޓެކްސީތަކަށާއި ޕްރައިވެޓް ކާރުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) އަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިގޮތަށް ނިންމާފައިވަނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުންނެވެ.
މިނިވަން ދުވަހުގެ ރޭ ބާއްވާ މި ކުލަގަދަ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ. އެހެންކަމުން، ރަސްމިއްޔާތު ކުރިއަށްދާ ވަގުތުތަކުގައި އެއާޕޯޓް ޕޮލިސް ޕޯސްޓް ސަރަހައްދުން ފެށިގެން އެތެރެއަށް އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ދަތުރުކުރުން މަނާވާނެއެވެ.
Ads by BMLވީމާ، މި ވަގުތުތަކުގައި އެއާޕޯޓަށް ދަތުރުކުރާ އާންމުން މިކަމަށް ސަމާލުވެ، ދަތުރުތައް ރޭވުމުގައި މި ބަދަލަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މިކަމުގެ ސަބަބުން ދަތިތަކެއް ދިމާވެދާނެތީ އެކަމަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ.
Ads by MACL
