ރާއްޖެއާއި އިންޑިޔާއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއް، މާލީ އެހީތެރިކަންވެސް ފޯރުކޮށްދޭނެ!
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުންވެސް ހިމެނެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޖުމްލަ އަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމަށްޓަކައި ސޮއިކުރެވުނު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެވެ.
މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ.
Ads by BMLމި މަޝްވަރާތަކަށްފަހު ޤާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެގެންދާނީ، ރާއްޖެއިން ބޭރު ޤައުމަކާއެކު ޤާއިމުކުރާ މިފަދަ ދެވަނަ އެއްބަސްވުމަށެވެ. މީގެކުރިން ރާއްޖެއިން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
އިންޑިޔާއާއެކު ޤާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިކުރުން ފަސޭހަވެ، އިންވެސްޓްމަންޓްތައް ދައުރުކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
Ads by MACL
