ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު: އިންޑިޔާއިން ރާއްޖެއަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް!

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު: އިންޑިޔާއިން ރާއްޖެއަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމުގެ މުހިންމު އެއްބަސްވުމެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާޒިރުގައި ސޮއިކުރެވުނު 8 އެއްބަސްވުމުގެ ތެރެއިން އެއްބަސްވުމެކެވެ.

ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ސޮއިކުރެވުނު "ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އިންޑިއާގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.