މޮރޮކޯގެ ދީނީ ތަޤުރީރު ދެއްވުމަށް ޑރ ޝަހީމަށް ހާއްސަ ދައުވަތެއް!
ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤުރީރެއް ދެއްވުމަށް އެޤައުމުގެ ސަރުކާރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ދަޢުވަތު ދެއްވައިފިއެވެ.
މިދަޢުވަތު ހަވާލުކުރައްވާފައިވަނީ، މޮރޮކޯގެ ނޮންރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މޮރޮކޯގައި ރަމަޟާން މަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ "ހަސަނީ ފިލާވަޅު" އަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6 ވަނައިގެ ބެއްލެވުމުގެ ދަށުން ބާއްވާ މޮރޮކޯގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. މި ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، ސެޝަންތަކެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މޮރޮކޯގެ ނޮންރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލުކުރައްވާ ވަނީ ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤުރީރެއް ދެއްވުމަށް އެ ޤައުމުގެ ސަރުކާރުން ފޮނުއްވި ދަޢުވަތު ޙަވާލު ކުރައްވާފައެވެ.
Ads by BMLމި ބައްދަލުކުރެއްވުމުގައި ވަޒީރުވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު، ވަޒީރުވަނީ މޮރޮކޯގެ އެމްބެސެޑަރަށް އަރުއްވާފައެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުންވެސްވަނީ މަޝްވަރާ ކުރައްވާފައެވެ.
Ads by MACL
