އިންޑިޔާ-ރާއްޖެ ގުޅުމަށް ސިޔާސީ ހުރިހާ ފަރާތްތަކުގެ ތާއީދު އެބައޮތް: މޯދީ
އިންޑިޔާ-ރާއްޖެ ގުޅުމަށް ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކުގެ ތާއީދު އެބައޮތްކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގެ ހުރިހާ ކުލައެއް ތަމްސީލުކުރާ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
"އެ ބައްދަލުވުމުން ދޭހަވީ، އިންޑިޔާއާއި ރާއްޖޭގެ ދެމެދުގައިވާ ވަރުގަދަ އަދި ތާރީޚީ ގުޅުމަށް ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ތާއީދު އޮތްކަން" ބައްދަލުވުމަށްފަހު މޯދީ ވިދާޅުވިއެވެ. މޯދީ ވިދާޅުވިގޮތުގައި، ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ ދެމެދުގައިވާ ޙިއްސާކުރެވޭ އަގުތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކުރުނބާ އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު، އަދި އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވެސް ވަނީ އެބޭފުޅުންގެ ޕާޓީތަކުގެ އިސްވެރިންނާއެކު މޯދީއާ ބައްދަލުކުރައްވާފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވެސް މޯދީ ވަނީ ބައްދަލުކުރައްވާފައެވެ.
Ads by MACL
