އެމްއޭސީއެލްގެ ތާރީހީ ކުލަގަދަ ހަވާ އެރުވުމަށް ދުނިޔޭގެ ރެކޯޑް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ގިނިސް ވޯލްޑް ރެކޯޑްގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީލްއަށް މިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިންއަށް މަރުޚާބަ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިއީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުމުގެ ރެކޯޑެވެ. ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މިއުޒިކާއެކު، އެއްފަހަރާ 19 ސަޙައްދެއްގައި ހަވާ އަރުވާފައެވެ. އެގޮތުން ހުޅުލެއާ މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭހެން ހަވާގެ ހަރާކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
Ads by BMLމި ރެކޯޑްގެ ލިޔުން ދިވެހިރާއްޖެއާ ހަވާލުކޮށްދެއްވީ، އެޑްޖީޓިކޭޓަރ ފޮރ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.
Ads by MACL
