ވީއައިއޭގެ އާ ޓާމިނަލުން ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ: ރައީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި ފަސް ވަގުތު ނަމާދަށް ބަންގި ގޮވާނެ އިންތިޒާމު ހަމަޖައްސައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ އަސްރު ނަމާދުގެ ވަގުތުން ފެށިގެން އާ ޓާމިނަލްގައި ބަންގީގެ އަޑު އިވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މިކަމަކީ، ރާއްޖޭގެ އިސްލާމީ ވަންތަކަމާއި ސަގާފަތް ދައްކުވައިދޭނެ މުހިންމު ފިޔަވަޅެކެވެ.
https://twitter.com/MMuizzu/status/1949423294287085890?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1949423294287085890%7Ctwgr%5E7332c9bd03a369fff7b1fda26f38c9091bf7ac7f%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1949423294287085890ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހުގެ އުފަލާ ގުޅުވައިގެން، އާ ޓާމިނަލް ރަސްމީކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ. މި ރަސްމިއްޔާތު ވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ކުޅިވަރުތަކުން ފަޅުފިލުވާލައިފަ އެވެ.
Ads by BMLދިވެހިވަންތަ ފަރުމާއަކަށް، ތާރީހާއި ސަގާފަތާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ގޮތަށް ތަރައްގީކޮށްފައިވާ މި ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދީފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓަކަށެވެ. އެއީ، މިއަދު މެންދުރުފަހު އިންޑިއާގެ ކޮޗިންއިން މާލެއަށް އައި އެއާބަސް އޭ330 މަރުކާގެ ބޯޓެކެވެ.
2016 ވަނަ އަހަރު މަސައްކަތް ފެށި މި ބިޔަ މަޝްރޫއަށް 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.
އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްގެ އަމާޒަކީ، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ބައިނަލްއަގުވާމީ އެއާލައިނަކަށް އާ ޓާމިނަލުން ހިދުމަތް ފޯރުކޮށްދިނުމެވެ.
އާ ޓާމިނަލާއެކު ޕީކް ގަޑިތަކުގައި އިތުރު ފްލައިޓްތަކަށް ޖާގަދެވި، ޑިއުޓީ ފްރީ ފަދަ ހިދުމަތްތައް ފުޅާވެ، އެ ކުންފުނީގެ އާމްދަނީ ފުރަތަމަ އަހަރު 8 އިންސައްތައަށް، އަދި ޖެހިގެން އަންނަ އަހަރު 15 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
Ads by MACL
