ނިޝާން އިއްޒުއްދީންގެ އިއްޒަތް އެރުވިތާ 24 ގަޑިއިރު ނުވަނީސް، ސަފީރު ސޯބިރު އަވަހާރަވެއްޖެ
ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަވެއްޖެއެވެ. ސޯބިރު އަވަހާރަވެފައި މިވަނީ، ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް ދިވެހި ދައުލަތުގެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވިތާ އެންމެ ދުވަހެއް ފަހުންނެވެ.
އެމަނިކުފާނު އަވަހާރަވީ، އާލާސްކަންފުޅެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މި އާލާސްކަންފުޅުގެ ސަބަބުން، އިއްޔެ ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި ޝަރަފުގެ އިނާމާ ހަވާލުވެވަޑައިގަތުމަށްވެސް އެމަނިކުފާނަށް ވަޑައެއްނުގެންނެވުނެވެ. އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަނބަލުންނެވެ.
https://twitter.com/MMuizzu/status/1949679705415942595?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1949679705415942595%7Ctwgr%5E036c413c949f94306f62a973588ffe82bcbff957%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1949679705415942595ސޯބިރުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިފަކުރެއްވި ގޮތުގައި، ސޯބިރުގެ ވަކިވެގެންދިއުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ފުން ހިތާމައެކެވެ.
Ads by BMLރައީސްގެ ތައުޒިޔާގެ މެސެޖުގައި، ސޯބިރަކީ ތަޖުރިބާކާރު، ހަރުދަނާ ޑިޕްލޮމެޓެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި އެކި ގައުމުތަކުގައި ސަފީރުކަން ކުރައްވައި، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ބަދަހިކުރެއްވުމަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓަރުކަމުގެ މަގާމުތަކުގައި ހުންނަވައިގެން ރާއްޖޭގެ ޓޫރިޒަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުގެ ކުރިއެރުމަށް ވެސް ސޯބިރު ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
Ads by MACL
