ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫސަ މަރާލަން ބޭނުންކުރި ވަޅި މޫދުން ނަގައިފި

ލ. މާވަށުގައި މިއަދު މަރާލި މޫސާ އިބްރާހީމް --
ލ. މާވަށުގައި މިއަދު މަރާލި މޫސާ އިބްރާހީމް --

ލ. މާވަށުގައި މިއަދު މަރާލި މޫސާ އިބްރާހީމްގެ ގަތުލުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، މޫދަށް އެއްލާލާފައި އޮއްވާ، ފުލުހުންގެ ޑައިވް ޓީމަކުން މިއަދު ހޯދައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:12 ހާއިރުއެވެ.

ތޫނު އެއްޗަކުން ދިން ހަމަލާއެއްގައި އަނިޔާވި ލ. މާވަށު، ނަލަހިޔާ، މޫސާ އިބްރާހީމް (29އ) ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.

މި މާރާމާރީއަކީ ދެމީހުންގެ ދެމެދުގައި ހިނގި ކަމެއްކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް (29އ) އެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއްކަން ފުލުހުން ފާހަގަކުރެއެވެ.

މި ގަތުލުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.