ނިކޮބާ ކައިރިއަށް އައި ބިންހެލުމުން މާލެއާއި ހުޅުމާލެއަށް ގުޑުން އެރި: މެޓްއޮފީސް
ރޭގެ ވަގުތެއްގައި އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް އިމާރާތްތަކަށް ލޮޅުން އަރާފައިވާކަމަށް މެޓްއޮފީހުން ބުނެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ރޭ 23:41 ހާއިރު ނިކޮބާ އައިލެންޑްސް ސަރަހައްދަށް އައި މި ބިންހެލުމުގެ ބާރުމިން ރިކްޓަރ މިންގަނޑުން 6.2 ގައި ހުއްޓެވެ.
މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ނުރައްކާ ނެތް ކަމަށާއި، އަދި މީގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ އާންމުންނަށް ހިތްހަމަޖެހުން ދެއްވާފައެވެ.
Ads by BMLމި ބިންހެލުމުގެ އަސަރު ރާއްޖޭގެ ދެކުނަށްވެސް ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން، ބިންހެލުން އައިތާ ކުޑަ ހިނދުކޮޅެއް ފަހުން، ރާއްޖެ ގަޑިން 23:48 ހާއިރު ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ސައިޒްމިކް ސްޓޭޝަނަށް މި ލޮޅުމުގެ އަސަރު ރިކޯޑް ކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
Ads by MACL
