ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި
ދިވެހި ދައުލަތުގެ މަތީ ޝަރަފު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް އަރުވާފައިވާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން، އެ ހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ މި ނިންމެވުން ތަންފީޒުކުރުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި، އޮފީސްތަކުގެ ބުރާންޗުތަކަށް އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޙަސަން ޞާބިރަކީ ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ޤައުމީ ޝަރަފު ލިބިވަޑައިގެންފައިވާ ޚިދުމަތްތެރިއަކަށް ވާތީ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
Ads by BMLމިގޮތުން، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ހުންނާނެއެވެ.
Ads by MACL
