މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ މިއަދު (29 ޖުލައި 2025) މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
https://twitter.com/MetMaldives/status/1950117023649878353?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1950117023649878353%7Ctwgr%5Ec12330012a746cba5511665fe1411a5610993ddc%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMetMaldives%2Fstatus%2F1950117023649878353މީގެ އިތުރުން، އެލާޓްގެ ވަގުތުތަކުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމާއެކު ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
Ads by BMLމިހެންކަމުން، މޫސުމާ ގުޅިގެން ދިމާވެދާނެ ހާދިސާތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށާއި، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
