ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލިފައި އޮތް ސަޕޯޓަރުންގެ އުންމީދާއި ސްޕޮންސަރުންގެ އިތުބާރު އަލުން ހޯދާނަން: ތޯރިގް

އެފްއޭއެމް ރަައީސް އަހުމަދު ތޯރިގް. ފޮޓޯ އެފްއޭއެމް
އެފްއޭއެމް ރަައީސް އަހުމަދު ތޯރިގް. ފޮޓޯ އެފްއޭއެމް

ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދާނެ ކަމަށް އެފްއޭއެމާ ހަވާލުވި އިންތިހާބީ ކޮމިޓީ އިން އެ އިތުބާރު އަލުން ހޯދާނެ ކަމަށް އެފްއޭއެމްގެ އާ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ދެވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް ހޮވިފައިވަނީ، 26 ޖުލައިގައި ބޭއްވުނު އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި ނެގުނު ވޯޓުން ޓީމުތަކުގެ ފުރިހަމަ އަގުލަބިއްޔަތާއެކުގައެވެ.

އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވީ، އެފްއޭއެމްގެ މިހާރުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށެވެ. އަދި މިވަގުތު އެފްއޭއެމްއަށް ކުޅުންތެރިންނާ، އާންމުން އަދި ކުންފުނިތަކުންވެސް އިތުބާރު ނުކުރާކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

އެހެންނަމަވެސް، ގެއްލިފައިވާ އިތުބާރާއި ސަޕޯޓަރުންގެ އުންމީދު އަލުން ހޯދުމަށް އެފްއޭއެމްގެ އާ ހިންގާ ކޮމިޓީއިން ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތޯރިގް ދެއްވިއެވެ.

ކުރީގެ ދައުރުތަކުގައި ފުޓްބޯޅައިގެ ސްޕޮންސަރުންވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި އެފްއޭއެމް އިން ފައިސާ ދައްކަން ޖެހޭ ގިނަ މައްސަކަތަކެއް ކޯޓުގައި އޮތްއިރު، އިދާރާގެ ޖުމުލަ ދަރަނި 100 މިލިއަނަށްވުރެ އިތުރުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސްޕޮންސަރުންގެ އިތުބާރު ލިބޭނީ އެފްއޭއެމް އިން ތެދުވެރިކަމާއެކު މަސައްކަތް ކޮށްގެންކަމާއި، ކުރިއަށް އޮތް އަހަރުގައި އެފްއޭއެމްގެ ހިންގުން ކުރިއަށްދާނީ ދަރަނިތައް ދައްކައި އަދި މުބާރާތްތަށް ބަރާބަރަށް ނިންމަމުންކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.