މާލޭގެ އޮފީހެއްގައި ސިނގިރެޓް އުފައްދާތީ ފުލުހުން ހަރަކާތްތެރިވަނީ
މާލޭގެ އޮފީހެއްގައި ސިނގިރެޓް އުފައްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރެޓް އުފައްދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން މިހާރު އެތަން ބަލައި ފާސް ކުރަމުންދާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައެއް ނުވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުން ކުރާ އެއްވެސް އެއްޗެއް އެތެރެ ކުރުމަކީ މަނާކަމެއް ކަމަށް ހެލްތު މިނިސްޓްރީން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ވަނީ އަންގާފައެވެ.
Ads by BMLމިނިސްޓްރީން ހާމަކުރާ ގޮތުގައި ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބުނާއިރު، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން، އޭގެ މާއްދާއެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނައިރު، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.
Ads by MACL
