ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެން ނުވާނެ: މިނިސްޓަރު ޝަހީމް
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އެތައް ހާސް ކުޑަކުދިންނެއް ބަނޑަށް މަރުވަމުންދާއިރު، އެކަމަށް ހިތާމަކޮށް، ކުޅަދާނަވީ އެންމެ މަތީ ދަރަޖައަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ އިންސާނީ ވާޖިބެއްކަމަށް ވިދާޅުވެ، މިނިސްޓަރ އޮފް އިސްލާމިކް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދިވެހިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު ޝަހީމް މިކަމަށް ގޮވާލެއްވީ، މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
https://twitter.com/Mohamedshaheem1/status/1950607143490470076?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1950607143490470076%7Ctwgr%5E83a78d3e8c3715053c39c2097ae7134494af1c80%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohamedshaheem1%2Fstatus%2F1950607143490470076އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ. ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް،" ކަމަށެވެ.
Ads by BMLއަދި އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ރައްކާތެރި އަދި އިތުބާރު ހުރި ގޮތަކީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިސްނަގައިގެން ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ރެޑް ކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް އެހީވުންކަމަށްވެސް މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.
މިނިސްޓަރު ޝަހީމްގެ މި ގޮވާލެއްވުން އައިސްފައި މިވަނީ، ޣައްޒާގެ އިންސާނީ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވެ، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ. ގެ އެކި އެޖެންސީތަކުން ދަނީ ޣައްޒާގައި ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންގެ މެދުގައި ބަނޑުހައިހޫނުކަން އާންމުވެ، ގިނަ އަދަދެއްގެ ކުޑަކުދިން ނިއުޓްރިޝަންގެ ދަށްވުމުގެ ސަބަބުން މަރުވަމުންދާކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކޮށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، ރާއްޖޭގެ މީޑިއާތަކާއި އާންމު ޖަމްޢިއްޔާތައް ގުޅިގެން "ދިވެހިން ފަލަސްތީނާއެކު" ގެ ނަމުގައި ބޭއްވި ޓެލެތޯންގައި ވަނީ ރެކޯޑް އަދަދެއްގެ ފައިސާ އެއްކުރެވިފައެވެ. އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުންވެސް ދަނީ ފަލަސްތީނަށް އެހީވުމަށް ފަންޑު އެއްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
އިސްލާމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. ޝަހީމް ދެއްވި މި އިލްތިމާސަކީ، ދިވެހި ސަރުކާރުން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސާފު ސިޔާސަތާއި، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށްޓަކައި އޮތް ލޯތްބާއި އެއްބައިވަންތަކަމުގެ އިތުރު ހެއްކެކެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެއްވެސްމެއެވެ.
Ads by MACL
