ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

ރައީސް ޑރ.މުޢިއްޒު ފުރާވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ.މުޢިއްޒު ފުރާވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިތާ މަހެއްވެސް ނުވަނީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރޭގެ ވަގުތެއްގައި އަނެއްކާވެސް އެ ޤައުމަށް ވަޑައިގެންފިއެވެ. ނަމަވެސް މިފަހަރުގެ މި ދަތުރުފުޅަކީ ނުރަސްމީ، އަމިއްލަފުޅު ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ރައީސްގެ އަމިއްލަފުޅު ދަތުރުފުޅަކަށްވާތީ، ދަތުރުފުޅުގެ މަޤްޞަދާއި، އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ފަދަ އިތުރު ތަފްޞީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

ރައީސް މުއިއްޒު މި ދަތުރުފުޅު ކުރައްވާފައި މިވަނީ، މިދިޔަ މަހުގެ 29 އިން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

އެ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ދެ ޤައުމުގެ ދެމެދުގައި ހުނަރުވެރިން ބަދަލުކުރުން ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.