ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެޗްޑީސީގެ ޑީއެމްޑީ މަޤާމުން ފަޔާޒް އިސްތިއުފާ ދެއްވައިފި

އެޗްޑީސީ ޑީއެމޑީ ފަޔާޒް މަންސޫރު. ފޮޓޯ ސޯޝަލް މީޑިއާ
އެޗްޑީސީ ޑީއެމޑީ ފަޔާޒް މަންސޫރު. ފޮޓޯ ސޯޝަލް މީޑިއާ

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މަޤާމުން ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި ފަޔާޒް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މައުރޫފް ޖަމީލް އިސްތިއުފާ ދެއްވާފައިވަނިކޮށްނެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް ފަޔާޒް އައްޔަން ކޮށްފައިވަނީ ޑިސެމްބަރ 2024ގައެވެ. އަދި ފަޔާޒް އަކީ މީގެ ކުރިންވެސް ގިނަ ދުވަސްތަކެއްވަންދެން އެޗްޑީސީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒު އިސްތިއުފާ ދެއްވީ، މައުރޫފު ވެސް މަގާމުން ދުރަށް ވަޑައިގަތުމުންނެވެ.


ހިދުމަތުން އަންނަ މަހުގެ 18 ގައި ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނިކޮށް، ކުރީގެ މިނިސްޓަރު މައުރޫފު އިސްތިއުފާ ދެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ.