ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިލަންދޫގައި މަސްތުވާތަކެތިި އަތުލައިގަަންނަން ހިންގި އޮޕަރޭޝަން އެއްގައި 2 މީހަކު ހައްޔަރު ކޮށްފި

މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން
މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން

ށ.މިލަންދޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންއައި މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން އެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވާގޮތުގައި މި ޖުލައި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮއްފައި ވަނީ ށ.މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އަދި ށ.މިލަންދޫ / ކުދިލުބޯގެ ،  އަޙްމަދު އަރާސް (23އ)އެވެ.

މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރު ކޮށް ބަލައި ފާސްކުރި އިރު މަސްތުުވާތަކެތި ކަމަށް ބެލެވޭ 2 ކަރުދާސް ކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅު ވެއެވެ.

މި މައްސަލައާ ގުޅިގެން ކުށްވެރިވާ ދެމީހުންނަށް ވެސް 15 ދުވަހަށް ބަންދުކުުރުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.=