ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަ ބިބިތާ އަދި ބިދަބިން އިވެންޓްސްއިން އަލިފުއްޓަށް ގެނައީ ވޮލީގެ އީދެއް، މުބާރާތުގެ ފައިނަލަށް ގޯގުޑްސް އަދި ސްޕައިކާސް!

ލަ ބިބިތާ އަދި ބިދަބިން އިވެންޓްސްއިން އަލިފުށީގައި ބާއްވާ ވޮލީ މުބާރާތުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ބިދަބިން
ލަ ބިބިތާ އަދި ބިދަބިން އިވެންޓްސްއިން އަލިފުށީގައި ބާއްވާ ވޮލީ މުބާރާތުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ބިދަބިން

ލަ ބިބިތާ އަދި ބިދަބިން އިވެންޓްސްއިން އިންތިޒާމްކޮށްގެން ރ އަލިފުށީ އަންހެން ކަނބަލުންނަށް ބާއްވަމުން އަންނަ ވޮލީ މުބާރާތުގެ ފޯރި ގަދަ ސެމީ މެޗުތައް ނިމި ފައިނަލުގައި ކުޅޭނެ ޓީމްތައް ކަށަވަރުވެއްޖެއެވެ.

އަލިފުށީ ރަސްމީ ވޮލީކޯޓުގައި ކުރިއަށް މިމެޗުތަކުން ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ޓީމް ގޯގުޑްސް އަދި ސްޕައިކާސްއެވެ.

މިއީ އަލިފުށީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ވޮލީބޯޅަ ދިރުވައި އާލާކުރުމަށް ލަ ބިބިތާ އަދި ބިދަބިން އިވެންޓްސްއިން އިންތިޒާކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މިމުބާރާތުގައި ޖުމްލަ 6 ޓީމް ވާދަކޮށްފައިވާއިރު، މި ޓީމްތަކަކީ ކައުންސިލް ސްޓާފް ކުލަބު،  ޓީމް ގޯގުޑްސް، ސްޕައިކާސް، ޓީމް ޖޯލި، ބްލޮކާސް އަދި ސްޓްރައިކާސްއެވެ.

މި މުބާރާތަކީ މިހާތަނަށް އެރަށުގައި ބާއްވާ އެންމެ ފޯރިގަދައެއް މުބާރާތެވެ. ޙާއްސަކޮށް ބިދަބިން އިވެންޓްސް ފަދަ ވަރުގަދަ ބަޔަކު އިސްވެ މިފަދަ މުބާރާތެއް ބާއްވާކަމީ އެރަށަށް ލިބުނު ވަރަށް ބޮޑު ޢީދެއް ކަމުގައި އެރަށުގެ ގިނަބަޔަކު ދެކެއެވެ. ހާއްސަކޮށް އާއްކޮ ޒުވާނުންނާއި، މިފަދަ ކުޅިވަރު ހަރަކާތްތަކުގައި ދެއްވާ ހާއްސަ ކަމަށް ގިނަ ބަޔަކު ތައުރީފް ކުރެއެވެ.

ބިދަބިން އިވެންޓްއަކީ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޮޑުބެރާއި، އިވެޓް މެނޭޖް ކުރުމާއި، މީގެ އިތުރުން ސައުންޑާއި ލައިންޓިން ހާއްސަ މަސައްކަތް ކުރާ ކުންފުންޏެކެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑާންސް ގްރޫޕާއި އެންމެ ފުރިހަމަ ބޮޑުބެރު ގްރޫޕް އަކީ ބިދަބިންއެވެ. ބިދަބިން ބޮޑުބެރަކީ ރާއްޖޭގައި މިހާރު އެންމެ ނަންހިނގާ ބޮޑުބެރު ގްރޫޕެވެ.

އަލިފުށީ ވޮލީ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެކަމަށާއި، ރާއްޖޭގެ މިހާރު އެންމެ މަގުބޫލު ޓޫއޮފްއަސްގެ ލަވަކިޔުންތެރިޔާ ނަސޫހުގެ ފެނިލުންވެސް މި ރަސްމިއްޔާތުގައި އޮންނާނެއެވެ.

މިމުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު އޮންނާނީ 3 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭގަނޑުއެވެ.