ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިޔާ ޓަވަރެއްގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް ބަޔަކު ހިފަހައްޓައިފި

ހިޔާ ޓަވަރެއްގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް ބަޔަކު ހިފަހައްޓައިފި

މިކަން ހިނގައި ފުލުހުން ހިޔާ ސަރަހައްދުގައި ހަރަކާތްތެެރިވަމުން އަންނަކަން ފުލުހުން  ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އަދި ބަންދުކުރީ ކިތައް މީހުން ކަމާއި، މި ހާދިސާގެ އިތުުރު މައުލޫމާތު އަދި ހޯދަމުން އަންނާތީ ފުލުހުން އެ ކަންކަން ހިއްސާކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެޗް-09 ޓަވަރުގެ އެޕާޓްމަންޓެއްގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ގޮތުގައި އެ ތަނުގައި ރަހީނުކޮށްފައިވާ މީހާގެ ބޯ ވެސް ވަނީ ބާލައިފައެވެ. އަދި ތައްޔާރުވަމުން ދިޔައީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދޭންކަމަށް ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވަހަކަތަކުގައިވެއެވެ.