ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ އިރުތަކެއް ނުވަަނީސް މައްސަލަ ހައްލުކޮށް، މުޅި މާލެއަށް ކަރަންޓު ދީފި

ސްޓެލްކޯގެ ޕަވަރ ސްޓޭޝަން
ސްޓެލްކޯގެ ޕަވަރ ސްޓޭޝަން

މުޅި މާލެއިން ކަރަންޓް ކެނޑުނުތާ ގިނަ އިރުތަކެއް ނުވަނީސް މައްސަލަ ހައްލުކޮށް މުޅި މާލެއަށް އަލުން ކަރަންގެ ހިދުމަތް ދީފިއެވެ.

މާލެއިން ކަރަންޓު ކެނޑުނީ، ސްޓެލްކޯގެ އިންޖީނުގެއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު 11:35 އެއް ހާއިރު، މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. އެގޮތުން، މުޅި މާލެއިން ކަރަންޓު ކެނޑިގެން ދިއުމާއި ގުޅިގެން ދިމާވި މައްސަލަ ބަލައި، ސްޓެލްކޯއިން ވަނީ މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފައެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ، އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނުތައް ނިވިގެން ކަމަށެވެ. މިހާރު އިންޖީނުތައް އަލުން ހިންގަންފަށާފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯއިން ހާމަކޮށްފައި ނުވިނަމަވެސް، މާލެއަށް ކަރަންޓު އަނބުރާ ދޭން ފެށިފައިވަނީ ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ތެރޭގައެވެ.