ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލޮޖިސްޓިކް މަސައްކަތަށް ޑީއެމް ވަރެއްނެތް، އިތުބާރާއި ޔަގީން ކަމާއިއެކު ވަގްތުން ވަގްތަށް! އަވަހަށް ގުޅާލާ

ލޮޖިސްޓިކް މަސައްކަތަށް ޑީއެމް ވަރެއްނެތް، އިތުބާރާއި ޔަގީން ކަމާއިއެކު ވަގްތުން ވަގްތަށް! އަވަހަށް ގުޅާލާ

ތިޔަ ހޯއްދަވަނީ ލޮޖިސްޓިކް މަސައްކަތް ކުރާނެ ބަޔަކުތަ؟ ބިޒީ ޝެޑިއުލްގައި މަސައްކަތް ކުރާ ބަޔަކަށް މިހާރު އޮތް ހައްލަކީ ޑީއެމް އެންޓަޕްރައިސަސް އެވެ.

ލޮޖިސްޓިކްސް އަކީ ތަކެއްޗާއި ޚިދުމަތްތައް، އެއަށް ބޭނުންވާ ތަނަކަށް، ބޭނުންވާ ވަގުތުގައި، އެންމެ އެކަށީގެންވާ ގޮތެއްގައި، އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. މިއީ ތަކެތި އުފެއްދުމުގެ މަރުހަލާގައި ފެށިގެން ކަސްޓަމަރުގެ އަތަށް އެ ތަކެތި ލިބެންދެން ހިނގާ ހުރިހާ މަސައްކަތްތައް ރާވައި، ތަރުތީބުކޮށް، ތަންފީޒުކުރާ ނިޒާމެކެވެ.

ރަނގަޅު ލޮޖިސްޓިކްސް ނިޒާމަކުން ވިޔަފާރީގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މުދާ ގަޑިއަށް ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު އިތުރުކޮށް، ކަސްޓަމަރުންގެ ހިތްހަމަޖެހުން ޔަގީންކޮށްދޭނެ ކަން ކަށަވަރެވެ.

މީގެ ސަބަބުން ވިޔަފާރިއަށް ލިބޭ ފައިދާ އިތުރުވެ، މާކެޓްގައި ވާދަކުރުމުގެ ގާބިލިއްޔަތު އިތުރުވެއެވެ.

ދިވެހިރާއްޖެއަކީ ކަނޑުތަކުން ވަށައިގެންވާ ކުޑަކުޑަ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ގައުމެއްކަމުން، ލޮޖިސްޓިކްސްގެ މުހިންމުކަން ވަރަށް ބޮޑެވެ.

ބޭރު ގައުމުތަކުން މުދާ އެތެރެކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، މިކަންކަމަށް ހައްލު ހޯދުމަށް ލޮޖިސްޓިކްސް ނިޒާމުތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

މިހުރިހާ ކަމެއްގެ ހައްލަށް ޑީއެމް އެންޓަޕްރައިސަސްއިން ދެނީ އިތުބާރާއި ޔަގީން ކަމެވެ. ތިމާގެ ވިޔަފާރި މުދާ އިތުބާރުވެރި ފަރާތަކާއިއެކު ކުރިއަށް ދިއުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ.

ޑީއެމް އިން އެއާފްރައިޓް، ސީފްރައިޓް އަދި ކަސްޓަމް ކްލިއަރެންސް އާއި ޑެލިވަރީ ދެނީ އެއްވެސް ފޫހިކަމެއްނެތި އިތުބާރާއިއެކުއެވެ.

އެކުންފުނީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކަސްޓަމަރުންގެ ފީޑްބެކްއެވެ. ހިދުމަތް ހެޔޮގޮތުގައި ލިބިގަނެ އަގުވަޒަން ކުރުން އެލިބޭ ހިތްހަމަޖެހުން މާބޮޑުކަމަށް އެފަރާތުން ދެކެއެވެ.

ޑީއެމްއިން ހިދުމަތް ހޯދާ ފަރާތްތަކުގެ މުދާ ކަސްޓަމުން ކްލިއަރ ކޮށް ބޯޓު، ފެރީތަކަށް ޑެލިވަރީކޮށްދޭނެއެވެ. ބޭރުން މުދާ ބޭނުން ވާ ދުވަހަށް ވަގުތައް ފޯރުކޮށްދޭނެއެވެ. މިއީ ޑީއެމް ކަސްޓަމަރުންނަށް ދޭ ޔަގީން ކަމެކެވެ.

އިތުރު އެއްވެސް މައުލޫމާތެއް ސާފުކޮށްލުމަށް،7770311 ނުވަތަ [email protected] އަށް މެއިލް ކޮށްލުމުން ހުރިހާ މައުލޫމާތެއް ލިބޭނެއެވެ.