ފުވައްމުލަކު ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުމެއް، ސީޓީ ސްކޭންގެ ޚިދުމަތް މިމަހު ފަށަނީ
އާބާދީގައި 12،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލައް ސިޓީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތް ކަމުގައިވާ ސީޓީ ސްކޭންގެ ޚިދުމަތް، މި މަހުގެ ތެރޭގައި އެ ރަށު ހޮސްޕިޓަލުން ފޯރުކޮށްދޭން ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު، އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން ބަހައްޓައި، އިންސްޓޯލް ކުރުމުގެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ. ހެލްތު މިނިސްޓްރީން ވެސް ވަނީ މި ޚިދުމަތް ފެށުމުގެ އެންމެހާ ތައްޔާރީތައް ނިމެމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ. ހޮސްޕިޓަލުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ނިންމައި، ރައްޔިތުންނަށް ޚިދުމަތް ދޫކުރުމެވެ.
މި ޚިދުމަތް ގާއިމްކުރުމަށްޓަކައި، ސަރުކާރުން 2022 ވަނަ އަހަރު ތަރައްގީކުރި ހޮސްޕިޓަލުގެ އައު އިމާރާތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ސީޓީ ސްކޭނަރަށް ބޭނުންވާ ޖާގަ ތައްޔާރުކުރުމުގެ މަސައްކަތް ސިއްހީ ވުޒާރާއިން އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.9 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުންނެވެ.
Ads by BMLފުވައްމުލަކުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމުގެ މަޝްރޫއު ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުއެވެ. މި މަޝްރޫއު ނިމި ޚިދުމަތް ފެށުމަކީ ފުވައްމުލަކުގެ ސިއްހީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކާއި، ރައްޔިތުންނަށް ލިބޭނެ ފަސޭހައެއްކަމަށް ހޮސްޕިޓަލުން ދެކެއެވެ.
Ads by MACL
