ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އަބްދުއްރަހީމް ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވ) --
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވ) --

ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި ވޯލްޑް ކޮންފަރެންސް އޮފް ސްޕީކާސް އޮފް ޕާލިމަންޓްގައި، ޣައްޒާގެ މައްސަލާގައި ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ.

މި ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ފުރަތަމަ ޝިކާރައަކަށްވަނީ ރާއްޖެ ފަދަ ކުދި ގައުމުތައް ކަމުގައި ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މަލްޓިލެޓަރަލް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ހާމަކުރައްވާފަ އެވެ.

މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ ހަ ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކާސް އޮފް ޕާލިމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަށް އެމަނިކުފާނު ސްވިޒަލޭންޑަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ.