ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލްކުރުމަށް ތިނަދޫ ސިޓީ ކައުންސިލަށް އަންގައިފި
ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލްކުރުމަށް ތިނަދޫ ސިޓީ ކައުންސިލަށް އިމާރާތްކުރުމާއި, ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
އެ ވުޒާރާއިން ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމާއި އެތަންތަން އެކިފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތައް ހަވާލުކުރެވެމުން ދަނީ އެ ވުޒާރާއިން އެންޑޯސްކޮށް ހުއްދަދޭ އުސޫލަކާއި އެއްގޮތައް ކަމަށާއި ގދ.ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިންގ ޔުނިޓް ތަކަކީ އެ ވުޒާރާގެ ބެލުމުގެ ދަސުން އިމާރާތް ކުރަމުންދާ ޔުނިޓްތަކެއް ކަމަށްވެފައި, އެެ ޔުނިޓްތައް ދޫކުރުމަށް އިއުލާން ކުރުމުގެ ކުރިން ހައުސިންގ ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިޔައް ގެންދަން ވާނީ އެ ވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
"ނަމަވެސް ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވޭ, އަދި މި އިއުލާންކުރެވިފައިވަނީ މި މިނިސްޓްރީގެ ހުައްދަނެތިކަމުގައި ފާހަގަ ކުރަން" އެ ސިޓީގައި ބުނެފައިވެއެވެ.
Ads by BMLއެހެންކަމުން ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލްކުރުމަށާއި އެ ވުޒާރާގެ އިރުޝާދުގެ ދަށުން ހައުސިންގ ޔުނިޓްތައް ހަވާލުކުރުމާއި ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
Ads by MACL
