އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނާދޭ, އަގުބޮޑުވި ކަމަށް ދައްކަނީ ބުކިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން: މޯލްޑިވިއަން
މޯލްޑިވިއަންއިން ކުރާ އެތެރޭގެ ދަތުރުތަކުގެ އަގުތައް ބަދަލުވެފައި ވާކަމަށް ދެއްކީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ރައްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ބުނެފިއެވެ.
މިއަދު މީސް މީޑިއާގައި އާންމުން ވަނީ އެތެރޭގެ މަންޒިލްތަކުގެ އަގަށް ބަދަލު އައިސްފައިވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރީގެ އަގަށްވުރެ ގާތްގަޑަކަށް 200ރ. ވަނީ ބޮޑުވެފައެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަނުން ބުނީ ޓިކެޓްގެ އަގުތަކައް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި އެއީ މިއަދު މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ދެއްކިގޮތްކަމަށެވެ. އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
Ads by BMLމޯލްޑިވިއަން ފެއާގެ ދަށުން ދަތުރު ކުރެވޭ ޑޮމެސްޓިކް 8 އެއާޕޯޓަކީ:
- ސ. ގަމަށް އެއްކޮޅު ޓިކެޓު - 1،222ރ.
- ފުވައްމުލައް އެއްކޮޅު ޓިކެޓު - 1،155ރ.
- ގދ. ކާޑެއްދޫ އެއްކޮޅު ޓިކެޓު - 1،333ރ.
- ގއ. ކޫއްޑޫ އެއްކޮޅު ޓިކެޓު - 1،111 ރ.
- ލ. ކައްދޫ އެއްކޮޅު ޓިކެޓު - 1،055ރ.
- ނ. މާފަރު އެއްކޮޅު ޓިކެޓު - 999ރ
- ރ. އިފުރު އެއްކޮޅު ޓިކެޓު - 999ރ.
- ހދ. ހަނިމާދުއަށް އެއްކޮޅު ޓިކެޓު - 1،111ރ.
އެތެރޭގެ އުދުހުންތަކުގެ އަގު ދަށް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
Ads by MACL
