ލަ ބިބިތާ ، ބިދަބިން އަލިފުށީ ވޮލީ މުބާރާތުގެ ތަށި ގޯގުޑްސް އިން ހޯދައިފި
ލަ ބިބިތާ ، ބިދަބިން އަލިފުށީ ވޮލީ މުބާރާތުގެ ތަށި ގޯގުޑްސް އިން ހޯދައިފިއެވެ.
އަލިފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް މި މެޗު ކާމިޔާބު ކުރީ ސްޕައިކާސް އާއި ވާދަކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

Ads by BMLފައިނަލް މެޗަށްފަު މުބާރާތުގެ އެކި މަގާމްތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ހަވާލުކޮށްފައެވެ. އެގޮތުން
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން
- އައިޝަތު ފަރާ
- ފާތުމަތު ސަފާ
- އައިޝަތު ނަސްމާ އަހުމަދު
- މިސް ޗަނޯކަން
- ފާތުމަތު އައީޝަން ޝާހިދު
- ނިޝާނާ އަލީ
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ގޯގުޑްސްގެ ކޯޗު އަލީ މޫސާއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ގޯގުޑްސް ގެ ފާތުމަތު ޝައިނާ ސައީދު ހޮވުނު އިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގޯގްޑްސް ގެ މިސް ޗަނޯކަން އެވެ.
މިއީ އަލިފުށީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ވޮލީބޯޅަ ދިރުވައި އާލާކުރުމަށް ލަ ބިބިތާ އަދި ބިދަބިން އިވެންޓްސްއިން އިންތިޒާކޮށްގެން ބޭއްވި މުބާރާތެކެވެ. އަދި މުބާރާތުން ހާސިލް ކުރަން ބޭނުންވި އެންމެ ބޮޑު މަގުސަދަކީ އަލިފުށީގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށް ބިދަބިން އިވެންޓްސްގެ ފަރާތުން އާއްކޮ ބުނެފައިވެެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ކަންކަމަށް ބިދަބިން އިވެންޓްސް ގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް އާއްކޮ ބުންޏެވެ.

މި މުބާރާތުގެ ސަބަބުން ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެދިފައިވާ ކަމާށާއި، އަދި ގިނަ ފުރުސަތުތަކެއް ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.
މި މިމުބާރާތުގައި ޖުމްލަ 6 ޓީމް ވާދަކޮށްފައިވާއިރު، މި ޓީމްތަކަކީ ކައުންސިލް ސްޓާފް ކުލަބު، ޓީމް ގޯގުޑްސް، ސްޕައިކާސް، ޓީމް ޖޯލި، ބްލޮކާސް އަދި ސްޓްރައިކާސްއެވެ.
މި މުބާރާތަކީ މިހާތަނަށް އެރަށުގައި ބާއްވާ އެންމެ ފޯރިގަދައެއް މުބާރާތެވެ. ޙާއްސަކޮށް ބިދަބިން އިވެންޓްސް ފަދަ ވަރުގަދަ ބަޔަކު އިސްވެ މިފަދަ މުބާރާތެއް ބާއްވާކަމީ އެރަށަށް ލިބުނު ވަރަށް ބޮޑު ޢީދެއް ކަމުގައި އެރަށުގެ ގިނަބަޔަކު ދެކެއެވެ. ހާއްސަކޮށް އާއްކޮ ޒުވާނުންނާއި، މިފަދަ ކުޅިވަރު ހަރަކާތްތަކުގައި ދެއްވާ ހާއްސަ ކަމަށް ގިނަ ބަޔަކު ތައުރީފް ކުރެއެވެ.
ބިދަބިން އިވެންޓްއަކީ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޮޑުބެރާއި، އިވެޓް މެނޭޖް ކުރުމާއި، މީގެ އިތުރުން ސައުންޑާއި ލައިންޓިން ހާއްސަ މަސައްކަތް ކުރާ ކުންފުންޏެކެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑާންސް ގްރޫޕާއި އެންމެ ފުރިހަމަ ބޮޑުބެރު ގްރޫޕް އަކީ ބިދަބިންއެވެ. ބިދަބިން ބޮޑުބެރަކީ ރާއްޖޭގައި މިހާރު އެންމެ ނަންހިނގާ ބޮޑުބެރު ގްރޫޕެވެ.
އަލިފުށީ ވޮލީ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ދިޔައީ ވަރަށް ކުލަގަދަކޮށެވެ. އަދި ރާއްޖޭގެ މިހާރު އެންމެ މަގުބޫލު ޓޫއޮފްއަސްގެ ލަވަކިޔުންތެރިޔާ ނަސޫހުގެ ފެނިލުންވެސް މި ރަސްމިއްޔާތުގައި ވަނީ ފެނިގން ގޮސްފައެވެ.
Ads by MACL
