ޙާފިޒުންގެ އިނާޔަތް ދެގުނަ: ރައީސްގެ ވަޢުދުފުޅު ސަރުކާރުން ފުއްދައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކާ އެއްގޮތަށް، ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޒުންނަށް ދެމުން އައި އިނާޔަތް ސަރުކާރުން ދެ ގުނައަށް ބޮޑުކޮށްފިއެވެ. މި ބަދަލާއެކު، 2,000 ރުފިޔާގެ އެލަވަންސް 4,000 ރުފިޔާއަށް މަތިކޮށް، މިދިޔަ ޖުލައި މަހުގެ އިނާޔަތް މިއަދު ވަނީ ޙާފިޒުންގެ އެކައުންޓުތަކަށް ޖަމާކޮށްދީފައެވެ.
ޙާފިޒުންގެ އިނާޔަތް ބޮޑުކުރުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއީ ހަމައެކަނި މާލީ އެހީއެއް ދިނުމުގެ ބަދަލުގައި، ކީރިތި ޤުރުއާނަށް މުޖުތަމަޢުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކޮށް، ޙާފިޒުންގެ ޤަދަރު މުޖުތަމަޢުގައި މަތިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައެވެ.
ސަރުކާރުން ޙާފިޒުން އުފެއްދުމަށް ދެއްވާ ސަމާލުކަމުގެ ހެޔޮ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުންނެވެ. އެގޮތުން، މިއަހަރު އެކަނިވެސް 24 ބޭފުޅަކު ވަނީ ޤުރުއާން ހިތުދަސްކޮށް ޙާފިޒުކަމުގެ ސަނަދު ހާސިލުކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ޙާފިޒުން އުފެދުނު ފަހަރެވެ. ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރަށް ފުޅާކޮށް، އަހަރަކު 100 ޙާފިޒުން އުފެއްދުމާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1000 ޙާފިޒުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.
Ads by BMLޙާފިޒުކަމުގެ ޝަރަފު ހާސިލުކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، މި އަހަރުން ފެށިގެން ދަސްވެނިވުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މިއަހަރުގެ ރަސްމިއްޔާތު ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާފައިވާއިރު، ދަސްވެނިންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ގައުނަކާއި ތާކިހަލެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
Ads by MACL
