ނައިފަރުން އަންހެން ކުއްޖަކު ގެއްލިގެން ހޯދަންފަށައިފި
ޅ. ނައިފަރުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިގެން ހޯދަމުންދަނީ، ނައިފަރު، ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، މައިސަރާ ގެއިން ނުކުމެގެން ގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 އެހައިކަންހާއިރު ކަމަށެވެ. އޭރު އޭނާ ލައިގެން ހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ ޓްރެކްސޫޓް ފަޓުލޫނެއް ކަމަށްވެސް އާއިލާއިން މައުލޫމާތު ދެއެވެ.
މައިސަރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
Ads by BML
Ads by MACL
