27 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރުވީ މިދިޔަ ޖެނުއަރީގައި، ފައިސާ ދިނުމުގައި ލަހެއް ނުވޭ!
27 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރުވާފައިވަނީ މިދިޔަ ޖެނުއަރީގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރުގެ މަސް ކުންފުނިން މިއަދު ބުނީ އެއީ 1997 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ޖެނުއަރީމަގެއްގައި އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރުވި ފަހަރު ކަމަށެވެ.
މިދިޔަ 27 އަހަރުހެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވީ މިދިޔަ މަހު ކަމަށް އެ ކުންފުނިން ބުނެފައި ވާއިރު، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ރިޔާސީ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ފަށައިފަ އެވެ.
Ads by BMLމިދިޔަ މަހު 91 ދޯންޏަކުން މިފްކޯ އަށް ކިރުވި މަހަށް ވަނީ 4.2 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
Ads by MACL
