31 އޯގަސްޓްގެ ކުރިން "ކަނބުލޮ"ގެ ޓިކެޓް ބައްލަވައިގަނެގެން އެވޯން ބެޑްރޫމްސެޓެއް ހޯދުމުގެ ފުރުސަތު!
ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ ކާމިޔާބު ދެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ނެރޭ ދިވެހި ފިލްމް ކަނބުލޮގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
ރެކޯޑް ހެދި، ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ 31 އޯގަސްޓްގައެވެ. މިއަދު ހެނދުނު 10:00 ޖެހިިރު އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަން ހުޅުވާލުމާއިއެކު ގިނަ އަދަދެއްގެ ބަޔަކުވަނީ ފިލްގެ ޓިކެޓް ބައްލަވައިގަތުމަށް އޮލިމްޕަހުގައި ކިއު ހަދަފާއެވެ.
އޯގަސްޓް 31 ވަނަ ދުވަހުގެ ކުރިން މި ފިލްމްގެ ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތަކުން ހޮވޭ ފަރާތަކަށް، މި ފިލްމުގެ އެއް ސްޕޮންސާރ ކަމަށްވާ "އެވޯން" އިން އަގުހުރި ބެޑްރޫމް ސެޓްއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި މި އިނާމުގެ ގުރުވަތުލުން ނެގުން އޮންނާނީ 31 އޮގަސްޓްގައި ބޭއްވޭ މި ފިލްމުގެ ޕްރިމިއާރ ނައިޓް ޝޯގައި ކަމަށްވެސް ފިލްމް "ކަނބުލޮ"ގެ ޕްރޮޑަކްޝަން ޓީމުން ވަނީ މައުލޫމާތު ދީފައެވެ.
Ads by BMLމުޖުތަމަޢުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެއެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް ހުސެން މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ.
ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކަށް ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރެވުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދު އެވެ.
Ads by MACL
