ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިޖީއެމްއެޗް އައިނު ފިހާރައަށް ބޮޑު ތަރުޙީބެއް: 1200 އަށްވުރެ ގިނަ މީހުން ޚިދުމަތަށް އެދިއްޖެ

މިހާތަނަށް 130 އަށްވުރެ ގިނަމީހުންގެ އައިނު ހަވާލުކޮށްފި -- ފޮޓޯ: ސަން
މިހާތަނަށް 130 އަށްވުރެ ގިނަމީހުންގެ އައިނު ހަވާލުކޮށްފި -- ފޮޓޯ: ސަން

އައިޖީއެމްއެޗްގައި އަލަށް ގާއިމުކުރި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އޮޕްޓިކަލްސްއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އެގޮތުން، މިހާތަނަށް 1267 ފަރާތަކުން އައިނު ހެދުމުގެ ޚިދުމަތަށް އެދިފައިވާއިރު، އޭގެ ތެރެއިން 131 މީހަކަށް ވަނީ އައިނު ހަވާލުކޮށްފައެވެ.

މި ޚިދުމަތަކީ، އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ރަނގަޅު ފެންވަރުގެ އައިނު ހެޔޮއަގުގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި ޚިދުމަތެކެވެ. ރައީސުލްޖުމްހޫރިއްޔާ މޭ މަހުގެ 31 ވަނަ ދުވަހު އިޢުލާންކުރެއްވި މި ޚިދުމަތުގެ ދަށުން، އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ އަދަދު ވަނީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރައީސް މިކަން އިއުލާން ކުރެއްވިތާ އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ގާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން އައިނު ހެއްދުމުގެ އިތުރުން، ލޮލުގެ ނަންބަރު ބެލުމާއި ލޮލަށް ދިމާވާ ބައެއް އާންމު ބަލިތައް ދެނެގަތުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެމުން އާދެއެވެ.