ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޒީފާއިން ވަކިކުރަނީ ސިޔާސީވީމައެއްނޫން، ޤަވާއިދާ ޚިލާފުވީމަ: ޝާހިދުގެ ތުހުމަތުތަކަށް ސަރުކާރުން ހޫނު ރައްދެއް ދެއްވައިފި

ވަޒީފާއިން ވަކިކުރަނީ ސިޔާސީވީމައެއްނޫން، ޤަވާއިދާ ޚިލާފުވީމަ: ޝާހިދުގެ ތުހުމަތުތަކަށް ސަރުކާރުން ހޫނު ރައްދެއް ދެއްވައިފި

އެޗްޑީސީގެ ދާއިމީ 5 މުވައްޒަފަކު ސަސްޕެންޑްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ "އަނިޔާވެރިކަން" ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކުރެއްވި ތުހުމަތުތަކަށް ސަރުކާރުގެ އިސްވެރިން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޙުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ، ސަރުކާރުން ޢަމަލުކުރަނީ ސިޔާސީ ނުފޫޒަކަށް ބަލައިގެން ނޫންކަމަށާއި، ކުންފުނިތަކުގެ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށްކަން ހާމަކުރައްވާފައެވެ.

އިދިކޮޅުގެ ފާޑުކިޔުންތައް ފެށިގެން އައީ، ޝާހިދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި، ވަޒީފާގެ ބިރުވެރިކަން އުފައްދައި، ރައްޔިތުން ފަހަތަށް ޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

https://twitter.com/abdulla_shahid/status/1952736245479530986?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1952736245479530986%7Ctwgr%5E97ca58b2f99c0a62d8aef6d36395705983e66fd2%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fabdulla_shahid%2Fstatus%2F1952736245479530986

ނަމަވެސް، މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޤަވާއިދުތަކާ ޚިލާފުވެ، ކުންފުންޏަށް ގެއްލުންވާ ގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމަކީ، ޤަވާއިދުތަކާ ޚިލާފުވުމަށް ލިބޭ ލައިސަންސެއް ނޫންކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ޑރ. މުއިއްޒުގެ ސަރުކާރުން ޤާނޫނާއި ޤަވާއިދު ހިންގުމަށް ދެއްވާ އަހައްމިއްޔަތުކަން ފާޅުކޮށްދޭ ކަމެކެވެ.

https://twitter.com/HucenSembe/status/1952926610979475538?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1952926610979475538%7Ctwgr%5Edaa0b04f1b1963b5bb3f30847899bb87eee83a8e%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FHucenSembe%2Fstatus%2F1952926610979475538

މިކަމާ ގުޅިގެން، ރައްޔިތުން މަޖިލިސްގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އެމްޑީޕީގެ ވެރިކަމުގައި ވަޒީފާތަކުން މީހުން ވަކިކުރި މިންވަރު ހާމަކުރުމަށް ގޮވާލައްވާފައެވެ. ޝުޖާއު ކުރެއްވި ޓްވީޓެއްގައި، "މި ސަރުކާރުން SOE ތަކުން ވަޒީފާ ގެއްލުވާލި 2 މީހެއްގެ ނަން ހާމަކުރެވިދާނެތަ؟" ވިދާޅުވެ، ޝާހިދުގެ ވާހަކަތަކުގައި ހަޤީޤަތެއް ނެތްކަން އިޝާރާތް ކުރައްވާފައިވެއެވެ. އަދި ފާއިތުވި 5 އަހަރުގެ އެމްޑީޕީ ވެރިކަމުގައި ކުންފުނިތަކުން ވަޒީފާ ގެއްލުނު މީހުންގެ ޢަދަދު ހާމަކުރުމަށްވެސް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.

https://twitter.com/IbrahimShujaau/status/1952802824989098199?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1952802824989098199%7Ctwgr%5Eedfc3b93b033f278c2f442dfdc2e911819855666%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FIbrahimShujaau%2Fstatus%2F1952802824989098199

ސަރުކާރުގެ އިސްވެރިންގެ މި ރައްދުތަކަށް އާންމުންގެ ގިނަ ބަޔަކު ދަނީ ތާއީދުކުރަމުންނެވެ. އެގޮތުން، "އަނިޔާވެރިކަމަކީ ކޮބައިކަން އެމްޑީޕީން ވަރަށް ރަނގަޅަށް ދަސްކޮށްދީފި" ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކަމުންނެވެ. މިއިން ދޭހަވަނީ، ސަރުކާރުގެ ފިޔަވަޅުތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި ރައްޔިތުން ނުދެކޭ ކަމާއި، ޤައުމުގެ ހަމަޖެހުމާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ޤަބޫލުކުރާކަމެވެ.