ޒަމާނީ އައިލެންޑް ކައިރިން ބަންޑުންޖަހާލި ޑިންގީގައި ތިބި ބިދޭސީންގެ 17 މީހުން ސަލާމަތްކޮށްފި
ކ. ޒަމާނީ އައިލެންޑް ކައިރިން ބަންޑުންޖަހާލި ޑިންގީއެއްގައި ތިބި ބިދޭސީންގެ 17 މީހުން ސަލާމަތްކޮށްފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަމާނީ އައިލެންޑުން ކ. ގުރައިދޫއަށް ދަތުރުކުރި މި ޑިންގީ ބަންޑުންޖަހާލުމާ ގުޅިގެން، ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އޭގެ ތެރެއިން ތިން މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑަށް އަރާފައިވާ ކަމަށެވެ.
މި ރިޕޯޓާއެކު، ފުލުހުންގެ މެރިން ޕޮލިސް، ކާފު އަތޮޅު ޕޮލިސް، އަދި ކާފު އަތޮޅުގެ ބައެއް ރިސޯޓުތަކުގެ ލޯންޗުތައް ގުޅިގެން ވަނީ އެ ސަރަހައްދުގައި ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި ހިންގި ހާއްސަ އޮޕަރޭޝަނުން، ޑިންގީގައި ތިބި އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައެވެ.
Ads by BMLސަލާމަތްކުރި 17 މީހުންނަކީ ވެސް ބިދޭސީން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ގެންދަވަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
Ads by MACL
