ރިޔާސީ ބަޔާން 2025: މިއީ އަމަލީ މަސައްކަތުގެ އަހަރު: ރައީސް
މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރުކަމަށާއި، ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވާދެއްވާ އިއްވެވި، ރިޔާސީ ބަޔާނުގައެވެ.
ރިޔާސީ ބަޔާން އިއްވަވާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިއަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ޢަޒުމަކީ، ތެދުވެރިކަމާއި އިޚްލާސްތެރިކަން ކުރިއަށްނެރެގެން، ނަފްސުގެ މައްޗަށް އިތުބާރުކޮށް ހިތްވަރާއެކު ނުގުޑާ ޢަޒުމެއްގައި މަސައްކަތްކުރުންކަމަށެވެ.
އެގޮތުން މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރުކަން އެމަނިކުފާނު ވިދާޅުވާ ވިދާޅުވުންވަނީ، ތަކުރާރުކުރައްވާފައެވެ. އަދި ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ދުވަސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
