ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި، ހާލު ދެރަވި ދެ މީހަކު ކުޅުދުއްފުއްޓަށް ގެންގޮސްފި
ހދ. ކުމުންދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުންޖަހާލައި، އެއިން ސަލާމަތް ކުރި މީހުންގެ ތެރެއިން ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް މިއަދު ހެނދުނު 08:45 ހާއިރު ލިބުމާއެކު، ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗު ވަގުތުން އެ ސަރަހައްދަށް ހަރަކާތްތެރިވި ކަމަށެވެ.
ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރުމަށްފަހު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހާބަރކްރާފްޓްގައި ވަނީ އެ ދެމީހުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ. އެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
Ads by BMLމި ހާދިސާގައި ލޯންޗުން ކަނޑުވި އަނެއް ދެ މީހުން، ލޯންޗުގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
Ads by MACL
