ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިސްނަގައިގެން އިންތިޒާމުކުރާ "ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތަކީ އަތޮޅު ފެންވަރުގައި ވޮލީބޯޅަ ކުރިއަރުވައި، ކުޅުންތެރިންނަށް ވާދަވެރި މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

އަތޮޅު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. ނައިވާދޫ ވޮލީ ކޯޓުގައެވެ.

މި މުބާރާތް ފިރިހެން އަދި އަންހެން ޑިވިޜަނަށް ބަހާލައިގެން ކުރިއަށް ގެންދާނެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 2025 އޯގަސްޓް 18 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޓީމުގެ ލިސްޓާއި، ގުޅުންހުރި ލިޔެކިޔުންތައް ކައުންސިލުން އިއުލާންކޮށްފައިވާ އީމެއިލް އެޑްރެހަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހދ. އަތޮޅު ކައުންސިލުން ސާފުކުރެވޭނެއެވެ.