11 ރަށެއްގެ މަގު ހެދުން އާރްޑީސީ އާ ހަވާލުކޮށްފި
ރާއްޖޭގެ 7 އަތޮޅެއްގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި އާރް.ޑީ.ސީ އާ ދެމެދު ވަނީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އަލްފާޟިލް ޙަސަން ރަޝީދެވެ. އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އިބްރާހީމް ނަޡީމެވެ.
Ads by BMLމި ބިޔަ މަޝްރޫޢުގެ ދަށުން މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
-
ހއ. ތުރާކުނު
-
ހދ. ނޮޅިވަރަމްފަރު
-
ހދ. ފިނޭ
-
ށ. މަރޮށި
-
ނ. މާފަރު
-
ބ. ތުޅާދޫ
-
ބ. ކުޑަރިކިލު
-
މ. މުލި
-
ތ. ގުރައިދޫ
-
ތ. ހިރިލަންދޫ
-
ތ. ކިނބިދޫ
މި މަޝްރޫޢުތަކުގެ ސަބަބުން މި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބި، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެއެވެ. ރަށްފުށުގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން، ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ގެނައުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.
އާރް.ޑީ.ސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމާއި، އެނޫންވެސް ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގަމުން އަންނަ، ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
Ads by MACL
