ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖިންސީ ގޯނާގެ މައްސަލައެއްގައި ޖަލަށްލީ ދިވެއްސެއް ކަމަށް ބުނާ ވާހަކަ އިމިގްރޭޝަނުން ދޮގުކޮށްފި

ސުންދަރަލިންގަމް ކޫޑަލިންގަމް (36)----ފޮޓޯ: ޑެއިލީ މެއިލް
ސުންދަރަލިންގަމް ކޫޑަލިންގަމް (36)----ފޮޓޯ: ޑެއިލީ މެއިލް

އިނގިރޭސި ވިލާތުގައި ހިނގި ޖިންސީ ގޯނާގެ ބޮޑު މައްސަލައަކާ ގުޅިގެން ދިވެއްސަކު ޖަލަށްލާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މި މައްސަލައާ ގުޅުން ހުރި ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ މީހާއަކީ ދިވެހި ރައްޔިތެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

އިނގިރޭސިވިލާތުގެ "ޑެއިލީ މެއިލް" ފަދަ ބޮޑެތި ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 36 އަހަރުގެ ސުންދަރަލިންގަމްގެ މައްޗަށް ވަނީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، 2023 ވަނަ އަހަރުގެ މާޗް މަހު ލަންޑަންގެ މަސާޖު ޕާލާއެއްގައި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކޮށް، ޖިންސީ ގުޅުން ހިންގުމުގެ ކުށުގައެވެ. މި ހާދިސާ ހިނގާފައިވަނީ "ރޫޕާޓް ޖޭޑް ތައި މާސާޖު ޕާލާ" ގައެވެ.

ނަމަވެސް، މި މީހާއަކީ ދިވެއްސެއް ނޫންކަން އިމިގްރޭޝަނުން ކަށަވަރުކޮށްދިނުމާއެކު، އެ ރިޕޯޓުތަކުގައިވާ މައުލޫމާތު ވަނީ ދޮގުވެފައެވެ. އެހެންކަމުން، މިފަދަ ހައްސާސް މައްސަލަތަކުގައި ކަމުގެ ހަގީގަތް ނުބަލައި، ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ މުޖުތަމައުއަށް އޮޅުންތަކެއް އެރުމުގެ އިތުރުން ގައުމުގެ ނަން ބަދުނާމުވެދާނެ ކަމެއް ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ. އަދި އެފަދަ ކަންކަމުން ދުރުހެލިވުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.