ކޮރެއާ ފިލްމެއްގެ ކޮޕީއެއް ކަމަށް ބުނާ އަޑުތައް، 'ސައްޔާރާ'ގެ ލިޔުންތެރިޔާ ދޮގުކޮށްފި
ޕޫޖާ ހެގްޑޭ އާއި ގުލްޝަން ދޭވައްޔާ ލީޑް ރޯލުން ފެނިގެންދާ އައު ފިލްމު 'ސައްޔާރާ' އަކީ ކާމިޔާބު ކޮރެއާ ފިލްމެއް ކަމަށްވާ 'އަ މޮމެންޓް ޓު ރިމެމްބަރ' ގެ ރިމޭކެއް ކަމަށް ފެތުރިފައިވާ އަޑުތައް، އެ ފިލްމުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ސަންކަލްޕް ސަދާނާ ދޮގުކުރައްވައިފިއެވެ. އޭނާ ވަނީ މި ފިލްމަކީ ރިމޭކެއް ނޫން ކަމަށާއި، މިއީ އޭނާގެ އަމިއްލަ ހަޔާތުގެ ތަޖުރިބާއަކަށް ބިނާކޮށް ލިޔެފައިވާ އަސްލު ވާހަކައެއް ކަމަށް ހާމަކުރައްވާފައެވެ.
ފިލްމު އިއުލާން ކުރުމާއެކު، އޭގެ ވާހަކައާއި ކޮރެއާ ފިލްމުގެ ވާހަކައާ ހުރި އެއްގޮތްކަމެއްގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރީ 'ސައްޔާރާ' އަކީ ރިމޭކެއް ކަމަށެވެ. ދެ ފިލްމުގައިވެސް ލޯބީގެ ތެރެއިން ހަނދާން ނެތުމުގެ ބައްޔާ ކުރިމަތިލާން ޖެހުމުގެ ވާހަކަ ކިޔައިދޭތީ، މި އަޑުތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
ނަމަވެސް، ބޮލީވުޑް ހަންގާމާއަށް ދިން ބަސްދީގަތުމެއްގައި ސަންކަލްޕް ވަނީ މި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
Ads by BML"މިއީ އެއްވެސް ފިލްމެއްގެ ރިމޭކެއް ނޫން، މިއީ އަސްލު ލޯބީގެ ވާހަކައެއް. ފިލްމުގެ ޚިޔާލު އަޅުގަނޑަށް ލިބުނީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުގެ ކާފަ އާއެކު ކުރެވުނު ތަޖުރިބާއަކުން." އެނާ ކިޔައިދިނެވެ.
ފިލްމުގެ އަސްލު ހާމަކުރަމުން ސަންކަލްޕް ބުނީ، އޭނާގެ ކާފައަކީ އަސްކަރިއްޔާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިއްޒަތްތެރިއެއް ކަމަށާއި، އުމުރުން ދުވަސްވުމުން ހަނދާން ނެތުމުގެ ބަލި (ޑިމެންޝިއާ) ޖެހިވަޑައިގެންނެވި ކަމަށެވެ.
"އެ ބައްޔާއެކުވެސް، އެންމެ ފަހުން ހަނދާނުން ފޮހެވިގެންދާ އެއްޗަކީ އޭނާ އެންމެ ލޯބިވާ މީހާގެ ހަނދާންތައް ކަމަށްވާނެކަން އަޅުގަނޑަށް ވިސްނުނު. ހަނދާން ނެތުމުގެ ދަތިތަކާ ކުރިމަތިލުމުގައި ލޯބި ވެގެންދާނެ ވަރުގަދަ ބާރެއްކަން ދައްކުވައިދިނުމަކީ މި ފިލްމުގެ މަގުސަދު،" ސަންކަލްޕް ބުންޏެވެ.
'ސައްޔާރާ' އަކީ 'ދްރިޝްޔަމް 2' އަދި 'ޝައިތާން' ފަދަ ކާމިޔާބު ފިލްމުތައް އުފެއްދި ޕެނޮރާމާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމު މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާގައެވެ.
ލިޔުންތެރިޔާގެ މި ހާމަކުރުމާއެކު، 'ސައްޔާރާ' އަކީ ކޮޕީއެއް ނޫން، އަސަރުގަދަ އަދި އަމިއްލަ ވާހަކައެއްކަން ކަށަވަރުވެފައިވާއިރު، ގިނަ ބަޔަކު ދަނީ މި ފިލްމު ބެލުމަށް ކެތްމަދުވެގެން އިންތިޒާރު ކުރަމުންނެވެ.
Ads by MACL
