ހުރިހާ ބައި-އިލެކްޝަނެއް ސަރުކާރަށް، ލ ގަން ވެސް ބޮޑު ތަފާތަކުން ކާމިޔާކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުރިހާ ބައި އިލެކްޝަނެއް ސަރުކާރުން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން 14 ބައި އިލެކްޝަނެވެ.
އިންތިހާބު ތަކުގެ ވަގުތީ ނަތީއްޖާ އިއުލާން ކުރަމުންދާއިރު މިވަގުތު ނަތީއްޖާ ދައްކާގޮތުން ސަރުކާރުން ވަނީ ހުރިހާ ބައިއިލެކްޝަނެއް ކާމިޔާބުކޮށްފައެވެ.
Ads by BMLއެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު ލ ގަން ގޮނޑި ވެސް ވަނީ ޕީއެންސީ ކާމިޔާބު ކޮށްފައެވެ. ޕީއެންސީގެ ކެންޑިޑޭޓަށް 831 އެއްވޯޓު ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓަށް 663 ގަޑު ވޯޓު ވަނީ ލިބިފައެވެ. މީގެ އިތުރުން އެމްޑީޕީހެ މެޖޯރިޓީ ރަށެއް ކަމަށް ވާ ނ ލަންދޫ ގެ ގޮނޑިވެސް ވަނީ ސަރުކާރުން ކާމިޔާބުކޮށްފައެވެ.
މި އިންތިހާބު ޕީއެންސީން ކާމިޔާބު ކުރީ 37 ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީ ކެންޑިޑޭޓް، ރިޔާޝާ - 289 ވޯޓު
ޕީއެންސީ ކެނޑިޑޭޓް، އާތިފާ - 326 ވޯޓު
ދާދިފަހުންވެސް ވަނީ ލަންދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވާފައެވެ.
މި އިންތިހާބު ޕީއެންސީގެ ކެނޑިޑޭޓުގެ މައްޗަށް އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދީ34 ވޯޓުގެ ތަފާތުންނެވެ. އެހެންކަމުން މި އިންތިހާބު ފާހަގަ ކުރެވެނީ ވަރުގަދަ ކަމްބެކެއްްގެ ގޮތުގައެވެ.
Ads by MACL
