ވެލިދޫ އައްބާސްއަކީ މިހާރު ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާ މީހުންނަށް މަޖާޒީކޮށް ކިޔާނަމެއް: މެމްބަރު އަސަދު
ވެލިދޫ އައްބާސްއަކީ މިހާރު ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާ މީހުންނަށް, މަޖާޒީކޮށް ކިޔާނަމެއް ގެމަނަފުށީ ދާއިރާގެ މަޖިލިސްމެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާ މީހުންނަށް މަޖާޒީކޮށް ކިޔާނަމަކަށް "ވެލިދޫ އައްބާސް" މިހާރު ވެފައިވާ ކަމަށް މެމްބަރު އަސަދުﷲ ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަސަދު ވިދާޅުވީ، ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާލަ ދައްކާލަ ހުންނަ މީހަކަށް މަޖާޒީކޮށް ނަމެއް ކިޔަންޏާ "ވެލިދޫ އައްބާސް" ކިޔަން ޖެހޭނެ ކަމަށެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ވެރިކަން ކުރާ ޕީއެންސީގެ ސަމާލުކަން ނުލިބުމުން، ދޮގު ވާހަކަތައް ފަތުރައިގެން ސަރުކާރު ބަލިކަށިކޮށްލެވިދާނެ ކަމަށް އައްބާސް ގަސްތުކުރެއްވުމަކީ "އޭނާގެ ކޮށި ވިސްނުން" ކަމަށްވެސް އަސަދު ސިފަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން މެމްބަރު އަސަދު ފާހަގަކުރެއްވި ގޮތުގައި، އައްބާސްއާ ނުލައިވެސް ވެލިދޫ ދާއިރާ މި ސަރުކާރުން ތަރައްގީގެ ދުވެލީގައި ބާރަށް ކުރިއަށް ދެއެވެ. އަދި އެކަން ރާއްޖޭގެ ރައްޔިތުން ދެކެމުންދާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަސަދު ވަނީ ޕީއެންސީއާއި މި ސަރުކާރު އޮންނާނީ ބަދަހި ގުޅުމެއްގެ މަތީގައިކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
Ads by MACL
