ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން ވަކިހިއްޕާލާފަ އޮތް ލަންދޫ ގޮނޑިވެސް ޕީއެންސީން ކާމިޔާބުކޮށްފި

އެމްޑީޕީން ވަކިހިއްޕާލާފަ އޮތް ލަންދޫ ގޮނޑިވެސް ޕީއެންސީން ކާމިޔާބުކޮށްފި

އެމްޑީޕީން ވަކިހިއްޕާލާފަ އޮތް ނ ލަންދޫ ގޮނޑި ސަރުކާރުން ކާމިޔާބު ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން 14 ބައި އިލެކްޝަނަށެވެ.

އިންތިހާބު ތަކުގެ ވަގުތީ ނަތީއްޖާ އިއުލާން ކުރަމުންދާއިރު މިވަގުތު ނަތީއްޖާ ދައްކާގޮތުން ސަރުކާރުން ވަނީ ހުރިހާ ބައިއިލެކްޝަނެއް ކާމިޔާބުކޮށްފައެވެ.

އެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު ލ ގަން ގޮނޑި ވެސް ވަނީ ޕީއެންސީ ކާމިޔާބު ކޮށްފައެވެ. ޕީއެންސީގެ ކެންޑިޑޭޓަށް 831 އެއްވޯޓު ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓަށް 663 ގަޑު ވޯޓު ވަނީ ލިބިފައެވެ. މީގެ އިތުރުން އެމްޑީޕީހެ މެޖޯރިޓީ ރަށެއް ކަމަށް ވާ ނ ލަންދޫ ގެ ގޮނޑިވެސް ވަނީ ސަރުކާރުން ކާމިޔާބުކޮށްފައެވެ.

މި އިންތިހާބު ޕީއެންސީން ކާމިޔާބު ކުރީ 37 ވޯޓުގެ ތަފާތުންނެވެ.


އެމްޑީޕީ ކެންޑިޑޭޓް، ރިޔާޝާ - 289 ވޯޓު


ޕީއެންސީ ކެނޑިޑޭޓް، އާތިފާ - 326 ވޯޓު


ދާދިފަހުންވެސް ވަނީ ލަންދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވާފައެވެ.


މި އިންތިހާބު ޕީއެންސީގެ ކެނޑިޑޭޓުގެ މައްޗަށް އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދީ34 ވޯޓުގެ ތަފާތުންނެވެ. އެހެންކަމުން މި އިންތިހާބު ފާހަގަ ކުރެވެނީ ވަރުގަދަ ކަމްބެކެއްްގެ ގޮތުގައެވެ.