ޙުސްނުއްސުޢޫދު ފަނޑިޔާރުކަމަށް ވަޑައިގަތީ އެމްޑީޕީ ޓީޝާޓުގަ ހުންނަވާފައި: މުޙައްމަދު އިސްމާއިލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އަލްއުސްތާޛު ޙުސްނުއްސުޢޫދަކީ "އެމްޑީޕީ ޓީޝާޓު" ތުރުކުރައްވައިގެން ސިޔާސީ މައިދާނުގައި އެކްޓިވްކޮށް އުޅުއްވި ބޭފުޅެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މުޙައްމަދު އިސްމާއީލް މިހެން ވިދާޅުވީ، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމު އަދާކުރެއްވި މުޙައްމަދު ޝަހީދު ހައި ކޯޓަށް އައްޔަންކުރަން ސަރުކާރުން މަސައްކަތް ކުރިކަމަށް ކުރާ ތުހުމަތު ތަކަށް ރައްދުދެއްވާ ޖަވާބުދާރީ ވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައެވެ.
އޭނާ ވިދާޅުވީ، ޙުސްނުއްސުޢޫދު ފަނޑިޔާރުކަމަށް ވަޑައިގަތީ ސީދާ ސިޔާސީ މަސައްކަތުގެ ތެރެއިން ކަމަށާއި، އޭނާގެ ސިޔާސީ ހަރަކާތްތައް އެންމެންނަށް ފެންނަން އޮތް ކަމަށެވެ.
Ads by BML"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފޮތްތައް ކިހިއްޔަށް ޖައްސަވައިގެން، އެމްޑީޕީގެ ޓީޝާޓު ތުރުކުރައްވައިގެން ނިކުމެ އެމްޑީޕީ ކުރިއަރުވަން ވާހަކަ ދެއްކެވި މަންޒަރު،" އިސްމާއީލް ވިދާޅުވިއެވެ.
"ޙުސްނުއްސުޢޫދު ފަނޑިޔާރުކަމަށް ވަޑައިގަތީ އެމްޑީޕީން ނެރުނު ޓީމެއްގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާފައި." މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޝަރުޠު ހަމަވާ ކޮންމެ މީހަކަށް ހުޅުވާލެވިފައިވާ ކަމަށާއި، ސަރުކާރުގައި ހުރި މީހަކު އެފަދަ މަޤާމަކަށް ކުރިމަތިލުމަކީ މަނާކަމެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި، މި ސަރުކާރުގެ ތެރެއިން އެފަދަ ނުފޫޒުތައް ނައްތާލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޏ. ފުވައްމުލަކު ދޫނޑިގަން، ގޯލްޑަންގޭޓް، މުޙައްމަދު ޝަހީދަކީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމު އަދާކުރައްވަމުން ގެންދަވަނިކޮށް، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އޭނާގެ ނަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ބޭފުޅެކެވެ. ފަހުން އެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.
Ads by MACL
