ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީ ނުފުނޑޭނެކަން މިއަދު އެމްޑީޕީއަށް އެނގޭނެ: މެމްބަރު މުހައްމަދު އިސްމައިލް

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް

ޕީއެންސީ ނުފުނޑޭނެ ކަން އެމްޑީޕީއަށް އެނގޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މުހައްމަދު އިސްމައިލް ވިދާޅުވެ ވެއްޖެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އަދި ރަށުކައުންސިލް ހިމެނޭ ގޮތަށް ޖުމްލަ 13 ބައި އިލެކްޝަނަކުން 37 ގޮނޑި ވަނީ އިންތިހާބުކޮށްފައެވެ. އޭގެ ތެރެއިން 33 ގޮނޑިވަނީ ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފައެވެ. 2 ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރިއިރު 2 ގޮނޑިއެއް ވަނީ އަމިއްލަ ކެންޑިޑޭޓުން ކާމިޔާބުކޮށްފައެވެ.

މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވީ މިއަދު ލިބުނު ކާމިޔާބަކީ ޖުމްލަކޮށް ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން ބަލައިގަތް ކަމުގެ ހެއްކެއް ކަމަށާއި، މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން 14 ބައި އިލެކްޝަނަށެވެ.

އިންތިހާބު ތަކުގެ ވަގުތީ ނަތީއްޖާ އިއުލާން ކުރަމުންދާއިރު މިވަގުތު ނަތީއްޖާ ދައްކާގޮތުން ސަރުކާރުން ވަނީ ހުރިހާ ބައިއިލެކްޝަނެއް ކާމިޔާބުކޮށްފައެވެ.

އެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު ލ ގަން ގޮނޑި ވެސް ވަނީ ޕީއެންސީ ކާމިޔާބު ކޮށްފައެވެ. ޕީއެންސީގެ ކެންޑިޑޭޓަށް 831 އެއްވޯޓު ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓަށް 663 ގަޑު ވޯޓު ވަނީ ލިބިފައެވެ. މީގެ އިތުރުން އެމްޑީޕީހެ މެޖޯރިޓީ ރަށެއް ކަމަށް ވާ ނ ލަންދޫ ގެ ގޮނޑިވެސް ވަނީ ސަރުކާރުން ކާމިޔާބުކޮށްފައެވެ.

މި އިންތިހާބު ޕީއެންސީން ކާމިޔާބު ކުރީ 37 ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީ ކެންޑިޑޭޓް، ރިޔާޝާ - 289 ވޯޓު

ޕީއެންސީ ކެނޑިޑޭޓް، އާތިފާ - 326 ވޯޓު

ދާދިފަހުންވެސް ވަނީ ލަންދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވާފައެވެ.

މި އިންތިހާބު ޕީއެންސީގެ ކެނޑިޑޭޓުގެ މައްޗަށް އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދީ34 ވޯޓުގެ ތަފާތުންނެވެ. އެހެންކަމުން މި އިންތިހާބު ފާހަގަ ކުރެވެނީ ވަރުގަދަ ކަމްބެކެއްްގެ ގޮތުގައެވެ.