ސްޕޯޓްސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް ކޯސް ފަށައިފި
ކުޅިވަރުގެ އިދާރީ ދާއިރާއިން ފަންނީ އަދި ހުނަރުވެރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ކުރިއަށްގެންދާ "ސެޓްފިކެޓް 1 އިން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް މެނޭޖްމަންޓް ކޯސް" ރަސްމީކޮށް ފަށައިފިއެވެ.
މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޑރ. ޢަބްދުﷲ ރާފިޢުއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯޓްސް (އެމް.އެން.އައި.އެސް) އިން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 43 ބައިވެރިން ކިޔަވާނެއެވެ. މި ކޯހުގެ ކިޔެވުން ކުރިއަށްދާނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
Ads by BMLމި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ރާފިޢު ވަނީ ކޯހުގެ ހުރިހާ ބައިވެރިންނަށް ތަހުނިޔާ ވިދާޅުވެ، ކުޅިވަރު ކުރިއެރުވުމުގައި އިދާރީ ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޓީމެއް މެނޭޖްކުރުމާއި ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ފަންނީ ހުނަރުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.
މި ކޯހުގެ މައިގަނޑު މަޤްސަދަކީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިދާރީ ހިންގުމުގެ ހުނަރުތައް ދަސްކޮށްދީ، ރާއްޖޭގެ ކުޅިވަރުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ބާރުއެޅުމެވެ.
Ads by MACL
