ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުމްރާވެރިންނަށް ބޭންކް ރޭޓުން އިތުރު 1500 ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ދަންނަވައިފި

އުމްރާވެރިންނަށް ބޭންކް ރޭޓުން އިތުރު 1500 ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ދަންނަވައިފި

1446 ވަނަ އަހަރުގައި އުމްރާހެ އަޅުކަމަށް ފުރާ އުމްރާވެރިންނަށް ބޭންކު ރޭޓުން 1500 ޑޮލަރު ހަމަޖައްސަވައި ދެއްވުމަަށް ރައީސް ކާމާއި ގުޅޭ އިދާރާތަކަށް ދަންނަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި MMA އަށް ދަންނަވައިފިން- ރައީސް
ރާއްޖޭގެ ރިސޯޓު ތަކުން ބޭންކަށް ޑޮލަރު މާރުކުރުން ލާޒިމް ކުރުމާއި ގުޅިގެން ހެޔޮ ބަދަލު ތަކެއް އަންނާނެކަމަށް މީގެ ކުރިން ވެސް އެކިއެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.