ކްރޮސްރޯޑްސް މޯލްޑިވްސްއަށް ބައިނަލްއަގްވާމީ ތިމާވެށީގެ ޝަރަފެއް!
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ތައިލެންޑުގެ ސިންހާ އެސްޓޭޓް ޕީއެލްސީން ހިންގާ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ބައިނަލްއަގްވާމީ ފެންވަރުގެ ޝަރަފެއް ލިބިއްޖެ އެވެ.
މި ޝަރަފު ލިބިފައިވަނީ، އެ މަންޒިލް 'އަދާ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް' (އޯއީސީއެމް) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމާ ގުޅިގެންނެވެ.
އޯއީސީއެމްއަކީ، އދ. ގެ ބަޔޮލޮޖިކަލް ޑައިވާސިޓީ ކޮންވެންޝަނުން ތައާރަފުކޮށްފައިވާ އުސޫލެކެވެ. މިއީ ރަސްމީކޮށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުން، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، އަދި އެތަންތަނުގެ އިކޯސިސްޓަމް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ސަރަހައްދުތައް ފާހަގަކުރުމުގެ ނިޒާމެކެވެ. މިފަދަ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް، އެތަނެއްގެ ތިމާވެށީގެ އިތުރުން، ސަގާފީ، އިޖުތިމާއީ އަދި އިގްތިސާދީ އަގުތައް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓަންޖެހެ އެވެ.
Ads by BML1.75 މިލިއަން އަކަމީޓަރުގެ ކްރޮސްރޯޑްސް ސަރަހައްދު މިގޮތަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީއާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުންނެވެ. ކްރޮސްރޯޑްސް އިން ބުނީ، މި ކަނޑައެޅުމަކީ 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ބިމާއި ކަނޑުގެ 30 ޕަސެންޓު ރައްކާތެރިކުރުމަށް އަމާޒު ހިފާފައިވާ 'ގްލޯބަލް 30x30' އިނީޝިއޭޓިވް އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ އިންޑިއާ ކަނޑުގެ މި ސަރަހައްދުގައި ހެދި ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް މަންޒިލެވެ. ސިންހާ އެސްޓޭޓްގެ ދަށުން ހިންގާ މި މަންޒިލްގައި ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން، ހާޑްރޮކް ހޮޓެލް މޯލްޑިވްސް، އެސްއޯ މޯލްޑިވްސް އަދި ދަ މެރީނާ އެޓް ކްރޮސްރޯޑްސް ފަދަ ރިސޯޓުތަކާއި ހިދުމަތްތައް ހިމެނެ އެވެ.
Ads by MACL
